އަޅުގަނޑު ދެކޭ ގޮތުގައި ޅެންވެރިކަމަކީ ފިކުރަށް ލަފުޒު ހޯދައިދިނުމެވެ. އަޅުގަނޑުގެ މި ފޮތުގައި، މުޅިންހެން އެވަނީ މި ދެންނެވި ލަފުޒުތަކުން ވަރުންއަޅާފައިވާ ޚިޔާލުތަކެވެ. ކުރުކުރު ދެތިން ފޮޅުވަތުން، ބުނެދީފައި އެވަނީ އެތައް ހާސް ވާހަކައެވެ. އިއްޔެއާއި، އަދާއި އާދަމާގެ ވާހަކައެވެ. ކުރިއަށް ކުރާ އުންމީދާއި ދެކޭ ހުވަފެންތަކުގެ ވާހަކައެވެ. ޙާލަތްތަކަށް އައުން އެދޭ ބަދަލުތަކުގެ ވާހަކައެވެ. ދުނިޔޭގެ ޙަޤީޤަތާ ކުރިމަތިލާން ނުޖެހޭ، ޙަޔާތުގެ ފޮންޏާއި ހިތި ތަޖުރިބާ ނުކުރާ އެކެއް ވެސް ނެތެވެ. ކޮންމެ ތަޖުރިބާއަކީ ތަފާތު ތަޖުރިބާއެކެވެ. މި ފޮތުގެ ބައެއް ޅެންތަކުގައި، އެވަނީ ވެސް ޙަޔާތުގެ ކުރު ޚުލާސާއެއްކަމުގައި ވެދާނެއެވެ. މަސައްކަތް ކޮށްފައި އެވަނީ ތިޔަ ބޭފުޅުންގެ އިޙްސާސްތަކުގެ އިމަށް ވަދެ އެ އިޙްސާސްތައް ބަޔާން ކޮށްދިނުމަށެވެ. ބަދަލުވާ ދުނިޔޭގެ ޙަޤީޤަތްތަކާއި ދުނިޔޭގެ ޙަޤީޤީ ސޫރަ ސިފަ ކޮށްދިނުމަށެވެ. އަޅުގަނޑުގެ މި މަސައްކަތަށް އިންސާފުކުރެއްވުމަށް މި ފޮތް ތިޔަ ބޭފުޅުންނާ ޙަވާލުވެ.
އެޕްލިކޭޝަން ޑައުންލޯޑްކޮށް ފޮތް ކިޔާލާ